logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކާނާ ވިހަވި ދަރިވަރުންތަކުގެ ތެރެއިން މިހާރު ފަރުވާ ދެނީ ދެ ދަރިވަރަކަށް: ފުލުހުން

އައްޑޫސިޓީ ޕޮލިސް އެކަޑަމީގައި ތަމްރީނު ހަދަމުންދިޔަ ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގައި މިހާރު ފަރުވާ ދެމުން އަންނަނީ ދެ ދަރިވަރަކަށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ޕޮލިސް އެކަޑަމީގައި ތަމްރީނުތައް ހަދަމުންދިޔަ 32 ދަރިވަރެއް ކާނާ ވިހަވެގެން ރޭ އައްޑޫ އިކުއެޓޮރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފަސް ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބުނީ އައިސީޔޫގައި މިވަގުތު ތިބީ ދެ ދަރިވަރުން ކަމަށާއި އެހެން ދަރިވަރުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ދަރިވަރުންތަކެއް ބަލިވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނާ ގޮތުގައި ފުލުހުންގެ ދަރިވަރުންތަކެއް ބަލިވުމުން ފަރުވާ ދެނީ އެލާޖީއަކާ ގުޅިގެންނެވެ. އެކަމަކު އެލާޖިކްވި ވަކި ސަބަބެއް ނުބުނެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *