logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ޢަލީ ވަހީދުއަށް ރެކޯޑެއް

ޔޫއެފާ ސީ ކޯޗިން ލައިސަންސް އިނގިރޭސިވިލާތުން ހާސިލުކުރި ފުރަތަމަ ދިވެއްސަކަށް އަލީ ވަހީދު (ބަލަކް) ހިމެނިއްޖެއެވެ.

އަލީ ވަހީދު ޔުއެފާ ސީ ކޯޗިން ލައިސެންސް ހޯދާފައިވާއިރު، ޔޫއެފާ ކޯޗިންގ ބެޖްތަކަކީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ ލައިސަންސް ބެޖްތަކެވެ. އަލީ ވަހީދު ތަމްރީނުތައް ހާސިލުކުރަމުންދަނީ އިނގިރޭސި އެފް.އޭ އަދި ވޭލްސް އެފް.އޭގައެވެ. އަދި މީގެ އިތުރުން އަލީ ވަހީދު މިހާރުވަނީ މިއަހަރު ފަށާ ޔޫއެފާ ބީ ކޯހަށް އެންރޯލްވެފައެވެ.

އިނގިރޭސި އެފް.އޭ އަކީ ދުނިޔޭގެ ވަރުގަދަ ޕްރިމިއަރ ލީގުގެ ބެލެނިވެރި އިދާރާއެވެ. ވޭލްސް އެފް.އޭ އަކީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާއާއި، ތިއަރީ އޮންރީ އަދި ޕެޓްރިކް ވިއޭރާ ފަދަ ތަރިން ޔޫއެފާގެ ކޯޗިންގ ތަމްރީނުތައް ހެދި އެފްއޭއެވެ.

ކުރިއަށް އޮތް ސެޕްޓެމްބަރު މަހު ފަށާ އިނގިރޭސި އާ ގްރާސް ރޫޓްސް ފުޓުބޯޅަ ސީޒަންގައި އަލީ ވަހީދުއާއި ވަނީ ސައުތު ލަންޑަން ފުޓުބޯޅަ ނެޓްވޯކްގެ ފްލެގްޝިޕް ޓީމް އޭ.އެފް.ސީ ސައުތު ލަންޑަންގެ ކޯޗުކަން ވެސް ހަވާލުކޮށްފައެވެ. އެޓީމަކީ ގްރާސް ރޫޓްސް ލީގުގެ ފުރަތަމަ ޑިވިޝަންގެ ޓީމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *