logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލޭގައި ފޭރުނު 28 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ފޭރުނު މައްސަލައެއްގައި ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އަންހެނެކެވެ.

އަދި އެ އަންހެން މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުވުމުން އިއްޔެ ވަނީ 10 ދުވަސް ޖަހާފައެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ހެއްކާއި ގަރީނާ ކޯޓަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ހާދިސާގެ ރިޕޯޓާއި، ސީސީޓީވީ ކެމެރާގެ ސްނެޕްޝޮޓް ރިޕޯޓް ހިމެނެއެވެ.

މުޖުތަމައުގެެ ސަލާމަތާއި ރައްކާތެރިކަމަށް އޭނާ ބަންދުކުރިއިރު، އޭނާއަކީ ހައްޔަރު/ބަންދުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެއެވެ.

މިދިޔަ ޖޫން މަހުގެ ޖުމްލަ 1،023 މައްސަލައެއް ފުލުހުންނަށް ހުށަހެޅުނުއިރު، އޭގެ ތެރެއިން 315 މައްސަލަ އަކީ ވައްކަމުގެ މައްސަލަތަކެވެ. އަދި ފޭރުމުގެ 29 މައްސަލައެއް ހުށަހެޅިއެވެ. މިއީ މެއި މަހާއި އަޅާކިޔާއިރު ދަށް އަދަދެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *