logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލިކަމުގެ ތުހުމަތުކުރެވޭ މީހާގެ ބަންދަށް މަސް ދުވަސް

މާލޭގެ އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް މަސް ދުވަސް ޖަހައިފިއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައިގައި 48 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ. އެގޮތުން، ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އިއްޔެ 4:32 ހާއިރު ވެސް ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިގެން ރިޕޯޓުކޮށްފައިވާ ކަމަސް ފުލުހުން ބުންޏެވެ.

ނަމަވެސް އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.

ކޭއެފްސީއަށް ގެއްލުން ދީފައިމިވަނީ އިޒްރޭލުން ފަލަސްތީންގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ކޭއެފްސީގެ ކުރިމަތީގައި އެތައް ފަހަރު ބަޔަކު މުޒާހަރާކުރި ފަހުންނެވެ. މީގެކުރިން ކޭއެފްސީ ތެރެއަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވެސް ވެއެވެ.

ފަލަސްތީނާ ދެކޮޅަށް މިހާރު އިސްރާއިލުން ހިންގަމުންދާ ހަނގުރާމައަށް ވާގިވެރިވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް މުޅި ދުނިޔޭގައި ވެސް ދަނީ ގޮވާލަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *