logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުުރުވެރިންގެ އަދަދު އިތުރުވާން ފަށައިފި

ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައި އޮތުމަށްފަހު އެ އަދަދު ރަނގަޅުވާން ފަށައިފިއެވެ.

މިދިޔަ ހައިސީޒަނަށްފަހު ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވެލާފައި އޮތުމަށްފަހު އެއަދަދު އިތުރުވާން ފަށައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން ނެފައިވާ ތަފާސްހިސާބަށް ބަލާއިރު، ޓޫރިޒަން ހައި ސީޒަނަށްފަހު މެއިމަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ.

މެއިމަހުގެ ތެރޭގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 3،867 ގައި އުޅުނުއިރު، ޖޫންމަހު އެއަދަދު ހުރީ 4,045 ގައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިމަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަދު އުޅެނީ 5,167 ގައެވެ. ތަފާސްހިސާބަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރާއްޖޭގައި މަޑުކުރާ ދުވަހުގެ ނިސްބަތް 7.3 ގައި ހުރިނަމަވެސް މިހާރު އެއަދަދު ވަނީ 7.7 އަށް އިތުރުވެފައެވެ.

ޖުލައިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1,118,878 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 9.4 އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގެ ޓޮޕް މާކެޓް:

  • ޗައިނާ: 143,036
  • ރަޝިއާ: 118,291
  • އިނގިރޭސިވިލާތް: 100,313
  • އިޓަލީ: 84,191
  • ޖަރުމަނު: 83,401

ޓޫރިޒަމްގެ ބައެއް އަދަދުތަށް ރަނަގޅުވާން ފެށިނަމަވެސް، ކުއްލިއަކަށް ވެއްޓުނު އިންޑިއާ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަދިވެސް އެހާބޮޑަށް އިތުރުވަމުން ނުދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކުރިން ރާއްޖޭގެ އެއްވަނަ މާކެޓްގެ ގޮތުގައި އަވައްޓެރި އިންޑިއާ އޮތްނަމަވެސް، މިހާރު އިންޑިއާ ފަތުރުވެރިން އެންމެގިނައިން ޒިޔާރަތްކުރާ އެއްޤައުމަކީ ސްރީލަންކާ އެވެ. ސްރީލަންކާގެ ޓޫރިޒަމް ޑިޕާޓްމަންޓްގެ ތަފާސްހިސާބަށް ބަލާއިރު، މިހާރު އެޤައުމުގެ އެއްވަނަ މާކެޓަކީ އިންޑިއާއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ