logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އާދަމް ޝަރީފުގެ ޕޭޖުން: ޖަލުގައި އަހަރެންގެ ބޮލަށް ކުޑަކަމުދާ މީހާ

(މިއީ ޑޮކްޓަ ސުބުރަމާނިޔަމް ކަރުޗުރީ ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާ އެކެވެ)
ނެލްސަން މަންޑޭލާ: ދެކުނު އެފުރިކާގެ ރައީސަކަށް ވުމަށްފަހު އެއްދުވަހަކު އަހަރެންގެ ސަލާމަތީ ކަންކަން ބަލަހައްޓާ މީހުން ގާތު އެދުނީ ރަށުތެރޭގައި ބުރެއް ޖަހާލުމަށެވެ. އަދި ރެސްޓޯރެންޓަކުން މެންދުރުގެ ކެއުމަށް އިންސާފު ކުރުމަށެވެ. ރަށުގެ ވިޔަފާރީގެ އެންމެ ކާރޫބާރޫ ބޮޑު ހިސާބުގައި ހުރި ރެސްޓޯރެންޓަކަށް ގޮސް ކެއުމަކަށް އޯޑަރު ދިނީމެވެ. އިރުކޮޅަކުން ވެއިޓަރު އަހަރެމެންގެ ކެއުން ގެނެސްދިނެވެ. އަހަރެމެންގެ ކުރިމަތީ ތަންކޮޅެއް ދުރުގައި އެކަނިމާ އެކަނި މީހަކު އިންތައް ފެނިގެން އެމީހާވެސް އަހަރެމެންނާއި ބައިވެރި ކުރުވަން ސިފައިންގެ މީހަކު ގާތު އެދުނީމެވެ. ސިފައިންގެ މީހާ ގޮސް އެދުމުން އެމީހާ އައިސް އަހަރެންގެ ކައިރީގައި އިނދެގެން ނާސްތާ ކުރަން ފަށައިފިއެވެ.
ކާން އިންއިރު އޭނާގެ އަތް ވަރަށް ބޮޑަށް ތުރުތުރު އަޅާތަން ފެނުނެވެ. ކައި ނިމުމާއި އެކު އަވަސް އަވަހަށް އޭނާ ހިނގައްޖެއެވެ. އެހިނދު ގާތުގައި އިން މީހަކު ބުންޏެވެ. އެއީ ބަލި މީހެކެވެ. އޭނާގެ އަތް ވަރަށް ބޮޑަށް ތުރުތުރު އަޅާތީ ދުށީމެވެ.
"ނޫން. އެއީ އެހެންވެ ވީކަމެއް ނޫނެވެ." މަންޑޭލާ ވިދާޅުވިއެވެ.
"އެއީ އަހަރެން ޖަލުގައި ހުރިއިރު ޖަލުގެ ގާޑަކަށް ހުރި މީހެކެވެ. އާދައިގެމަތިން ޖަލުގައި ދެވޭ އަނިޔާގެ ވޭނަށް ރޮއެލުމަށްފަހު ކޮންމެ ދުވަހަކުވެސް ކުޑަ ފެންފޮދަކަށް އެދެމެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި ދެންމެ މިތާ އިން މީހާ އައިސް އަހަރެންގެ ބޮލަށް ކުޑަކަމުދާނެއެވެ. އެހެންކަމުން އޭނާގެ އަތް ތުރުތުރު އަޅާތީ އެ ފެނުނީ ގެންފައި ހުރި ބިރުންނެވެ.
"އޭނާގެ ކިބައިން ބަދަލު ހިފާފާނެ ކަމަށް ބިރުންނެވެ. މިއަދު އަހަންނަކީ ދެކުނު އެފްރިކާގެ ރައީސް ކަމަށް ވުމުން އެކަމުގެ ބަދަލު ހިފައި އޭނާއަށް އަނިޔާކޮށް ޖަލަށް ލައިފާނެކަމުގެ ބިރަށެވެ. އެކަމަކު ބަދަލު ހިފުމުގެ ގޮތުން އަނިޔާވެރިވުމުގެ ވިސްނުން ގެންގުޅޭ ނަމަ ޤައުމު ހަލާކުވެގެން ހިނގައިދާނެއެވެ. ޤައުމު ބިނާވެ ކުރިއަރައި ދާނީ ކެތްތެރިކަން އިސްކޮށްގެންނެވެ. އަބަދުވެސް އެހެން މީހުންނާމެދު ހެޔޮކޮށް ކަންތައް ކުރާށެވެ. މާދަމާ ވާނެގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ." ތަރުޖަމާ: އާދަމް ޝަރީފު (2020)

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތި ލިޔުމުގެ އަސްލު މަގުސަދު ވަރަށް ސާފު، ބުނަން ތިއުޅޭ އެއްޗަކީ ވައްކަން ކުރީމަ ވެސް، ކިޔާނާތްތެރި ވީމަވެސް، އަނިޔާވެރި ވީމަވެސް މާފު ކުރާށޭ، އިސްލާމު ދީނުގައި ހައްދު ކަޑައަޅާ ނިންމާފައިވާ އެއްވެސް ކުށަކަށް މާފު ދީގެން ގައުމެއް ކުރި ނާރާނެ، މުޅިން ދޮގު ވާހަކަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *