logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024
މަރުކަޒީ ބޭންކުގެ ގަވަރުނަރު، އަލީ ހާޝިމް

ގަވަރުނަރު ވަކިކުރުމުގެ މައްސަލަ މާދަމައަށް ތާވަލްކޮށްފި

ގަވަރުނަރު އަލީ ހާޝިމް މަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގެ މައްސަލައާ ގުޅޭގޮތުން ބާއްވާ ޖަލްސާ މާދަމާ ބޭއްވުމަށް ތާވަލްކޮށްފިއެވެ.

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާގެ ތަޅުމަށް ގަވަރުނަރު މަޤާމުން ވަކިކުރުމާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީގެ ފަރާތުން ރިޕޯޓް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެމްއެމްއޭގެ ގަވަރުނަރު މަޤާމުން ވަކިކުރުމަށް ނިންމީ، ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ބުނެފައެވެ. މިގޮތުން އެމްއެމްއޭގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިއްމާތައް ގަވަރުނަރުގެ ހައިސިއްޔަތުން އަދާކުރެވިފައިނެތްއިރު، މަނިޓަރީ ޕޮލިސީވެސް އެކަށީގެންވާ ގޮތެއްގައި ހިންގެވިފައިނެތްކަމަށް މާލިއްޔަތު ކޮމިޓީގެ މެމްބަރު ނާޒިމް ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީން ވަނީ ޖުލައިމަހުގެ އެއްވަނަ ދުވަހު ގަވަރުނަރު ކަމުގެ މަޤާމުން އަލީ ހާޝިމް ވަކިކުރުމަށް ނިންމާފައެވެ. ގަވަރުނަރު ވަކިކުރުމަށް ނިންމައި ޖަވާބުދާރީވުމަށް ފުރުސަތު ދިންނަމަވެސް ތިން ފަހަރަށް އަންގައިގެންވެސް މިހާތަނަށް ގަވަރުނަރު މަޖިލީހަށް ހާޒިރުވެފަ ނުވާކަން ފާހަގަކޮށްލެވެއެވެ.

ގަވަރުނަރުކަމަށް އަލީ ހާޝިމް އައްޔަނުކުރައްވާފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އަލީ ހާޝިމް ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *