logo minivan

English

ހޮނިހިރު, 07 ސެޕްޓެމްބަރ 2024

ކަސްޓަމުސްގެ ސީޖީކަމުން މާނިއު ވަކިކޮށް، ސްޓޭޓް މިނިސްޓަރަކަށް

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ކޮމިޝަނަރު ޖެނެރަލްގެ މަގާމުން ޔޫސުފް މާނިއު ވަކިކުރައްވައި، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ އައްޔަނުކުރައްވައިފިއެވެ.

މާނިއު ކަސްޓަމްސްއިން ވަކިކުރައްވައި ހޯމްލޭންޑް މިނިސްޓްރީއަށް ބަދަލުކުރެއްވިކަން ރައީސް އޮފީހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް ކަމުގެ މަޤާމުން މާނިއު ވަކިކޮށް، އެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ، ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާ އެވެ.

ކަސްޓަމްސްގެ ސީޖީކަމުގެ މަޤާމުން މާނިއު ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހަކުން ނުބުންޏެވެ. ނަމަވެސް މި ފަހަކުން ކަސްޓަމްސްގެ މަސައްކަތްތަކާ ގުޅޭގޮތުން މާނިއު ދެއްކި ބައެއް ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ.

ކަސްޓަމްސްއިން ވަކި ކުރެއްވި ކަމެއް ހުދު މާނިއުއަށް އެނގިފައި ނުވާކަމަށް ބައެއް މީޑިއާތަކާ ވާހަކަދައްކަމުން އޭނާ ވަނީ ބުނެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *