logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

ހުޅުމާލެ ދެވަނަ ފިޔަވަހިން މިހާތަނަށް ޖުމްލަ 624 ގޯތި ހަވާލުކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 18 ގޯތި އޭގެ ހައްގުވެރިންނާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ އިއްޔެ ހަވާލުކުރި 18 ގޯއްޗާއެކު މިހާތަނަށް ޖުމްލަ 624 ގޯތި ހަވާލު ކޮށްފައިވާ ކަމަށެވެ.

ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު ދޫކޮށްފައިވަނީ 465 ގޯތި ކަމަށާއި މި އަހަރު 159 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅިއިރު، އޭގެ ތެރެއިން 19،858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ބުނެފައެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދޭނެއެެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *