logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ނަތަންޔާހޫގެ ވަރުގަދަ އިންޒާރެއް ދުނިޔެއަށް: އިޒްރޭލު ބަލިކަށިކޮށް ނުލެވޭނެ

އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫގެ ވަރުގަދަ އިންޒާރެއް ދުނިޔެއަށް ދީފިއެވެ.

"އަހަރެމެންނާ ދެކޮޅަށް މަސައްކަތްކުރާ ދުޝްމަނުންނަށް ބުނެލަން އޮތީ އިޒްރޭލު ބަލިކަށިކޮށް ނުލެވޭނެއޭ. ދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަކަމާ ހަރުކަށި ކަމާއެކު ޖަވާބުދޭނަން،" މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި މީޑިއާއަށް އޭނާ ވިދާޅުވިއެވެ.

ހަރުކަށި ޔަހޫދީ، ނަތަންޔާހޫ އާއި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އަކީ އިޒްރޭލުން މެދުއިރުމަތީގައި ހިންގާ ހަނގުރާމަ ހުއްޓާލަން ބޭނުންފުޅު ނުވާ ބޭފުޅުންނެވެ. އަރަބި ގައުމުތަކުންނާއި ޗައިނާއިން ވެސް ވަނީ ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލްއާންމު ހުއްޓާލައި ސުލްހަ ގާއިމްކުރުމަށް މެދުވެރިންގެ ދައުރު އަދާކޮށްފައެވެ.

ސުލްހައިގެ ކޮންމެ ވާހަކައެއް ފޭލުކޮށްލަނީ އިޒްރޭލުން ފަހު ވަގުތު ހުށަހެޅުންތައް ބަދަލުކޮށް ޝަރުތުތުތައް ގަބޫލު ނުކުރެވޭ މިންވަރަށް ހަރުކަށި ކުރުމުންނެވެ.

ޔަތަންޔާހޫ ވިދާޅުވީ އިޒްރޭލަށް ނިކަމެތިކަން ލިބޭނެ އެއްވެސް އެއްބަސްވުމަކަށް، އަމުރަކަށް ބޯލެނބުމެއް ނެތް ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *