logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ބަންގްލަދޭޝްގެ މަސްރަހު ފިނިވާން ފަށައިފި

ސްޕްރީމް ކޯޓުގެ ހުކުމާއެކު އަމަން ބަލަހައްޓަން އަސްކަރިއްޔާގެ ފައުޖުތައް މަގުތައް ނިކުތުމުން ބަންގްލަދޭޝްގެ މަސްރަހު ފިނިވާން ފަށައިފިއެވެ.

ސަރުކާރުން ވަޒީފާ ދިނުމުގައި ގެންގުޅޭ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ކިޔަވާކުދިން ކުރަން ފެށި ވަރުގަދަ މުޒާހަރާ ހޫނުވެ، ފުލުހުންނާއި ދަރިވަރުންގެ ތެރެއިން ބައެއް މީހުން މަރުވެ، އެތައް ބަޔަކު ޒަހަމްވިއެެވެ.

މުޒާހަރާ ގުޅި ގައުމަށް ފެތުރި ވަރުގަދަވާން ފެށުމުން ސްޕްރީމް ކޯޓުން ވަނީ ސަރުކާރުގެ ކޯޓާ ނިޒާމު އުވާލާފައެވެ.

ސްޕްރީމް ކޯޓުގެ މި ނިންމުމާއެކު ގައުމު ހަމައަކަށް އެޅުވުމަށް ކާފިއު ހިންގައި އަސްކަރިއްޔާވަނީ މަގުތަކަށް ނެރެފައެވެ.

ފުލުހުންނަށް ކޮންޓްރޯލް ނުކުރެވުނު މުޒާހަރާތައް، އަސްކަރިއްޔާއިން ވަނީ މައިތިރިކޮށްފައެވެ. އަދި ސްޕްރީމް ކޯޓުގެ ނިންމުމުން، މުޒާހަރާގެ މަގުސަދު ހާސިލްވެއްޖެ ކަމަށް ކަނޑައަޅައި، މުޒާހަރާގެ އިސް ހަރަކާތްތެރިންނާ އަސްކަރިއްޔާގެ ފަރާތުން ވަނީ ބައްދަލުކޮށް ގައުމު ސުލްހަމަސަލަސްކަން ގާއިމްކުރުމަށް މަޝްވަރާކޮށްފައެވެ.

މި ފިޔަވަޅުތަކާއެކު ވަރުގަދަ މުޒާހަރާތައް ވަނީ ހުއްޓުމަކަށް އައިސް މަގުތައް އަމާންވެފައެވެ. އެހެންނަމަވެސް އަދިވެސް ކާފިއު އުވައެއް ނުލައެވެ. އަދި އަސްކަރިއްޔާގެ ހަރަކާތްތައްވެސް ދަށެއް ނުކުރެއެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާ ވަނީ ހަނގުރާމައަކަށް ތައްޔާރުވާ މިންވަރަށް އެލާޓް ލެވަލް މަތިކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *