logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލޭގެ އެޕާޓްމަންޓަކާއި ފިހާރައަކުން 141 ފުޅި ބަނގުރަލާއެކު ތިން މީހުން ހައްޔަރުކޮށްފި

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ބަނގުރަލުގެ ވިޔަފާރިކުރާ ކަަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގެ އެޕާޓްމަންޓަކާއި ފިހާރައެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައިވާ ކަަމަށެވެ.

އެ އެޕާޓްމަންޓާއި ފިހާރަ ބަލައިފާސްކުރިއިރު، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 141 ފުޅި ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން، 24 އަަހަރުގެ ބިދޭސީ ފިރިހެނަކާއި 29 އަހަރުގެ ބިދޭސީ ދެ ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ.

އެ ތިން މީހުން ވެސް ޑީޕޯޓު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *