logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ފަސޭހައިން މެޑިކަލް ޓެސްޓްތައް ހެދޭ ލެބް އިކުވިޕްމަންޓް ބްރޭންޑެއް ތައާރަފްކޮށްފި

އެސްޓީއޯ މެޑިކަލް ސާވިސަސްއިން ރާއްޖެއަށް އެސްޑީ ބަޔޯސެންސަ ލެބް އިކުއިޕްމެންޓް ތައާރަފުކޮށްފި އެވެ.

އަލަށް ތައާރަފު ކުރެވިފައިވާ އިކުއިޕްމެންޓްތަކުން ވަގުތުން ނަތީޖާ ލިބޭ ޕޮއިންޓް އެފް ކެއަ ޓެސްޓުތައް ހެދޭނެ އެވެ. މި ވަސީލަތްތަކަކީ ބޮޑެތި ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރުތަކުން ފެށިގެން ކްލިނިކްތަކާއި ހަމައަށް ވަރަށް ބޭނުންތެރި ފަސޭހަ، އަވަސް އަދި އިތުބާރު ކުރެވޭނެ ނަތީޖާ ނެރެދޭނެ ވަސީލަތްތަކެކެވެ. އަލަށް ތައާރަފު ކުރެވުނު އިކްއިޕްޓްތަކުން ހެދޭ ގިނަ ޓެސްޓުތަކަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ޕްރީކޮލިފައިވެފައިވާ ޓެސްޓުތަކެއްކަން ފާހަގަކޮށްލެވެ އެވެ.

ހެލްތު މިނިސްޓްރީ، އެޗްޕީއޭ އަދި އެހެނިހެން މައި ސިއްހީ އިދާރާތަކުންނާއި ހޮސްޕިޓަލު އަދި ކްލިނިކްތަކުން ހާޒިރުވި މި ހަފުލާގައި އެސްޓީއޯއިން އަލަށް ތައާރަފުކުރި ވަސީލަތްތައް ހާޒިރީންނަށް ދައްކާލާ އަދި ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

އަލަށް ތައާރަފު ކުރެވުނު ލެބް އިކުއިޕްމެންޓްތަކުގެ އެއް ޕްރޮޑަކްޓަކީ އެފް-200 އަދި އެފް-2400 އެވެ. މިއީ ތައިރޮއިޑް ޕްރޮފައިލް، ހިތުގެ ބަލި ހުރިތޯ ބެލުމަށް ހެދޭ ޓެސްޓުތައް، ޑެންގޫ، ގޮހޮރުގެ ބަލިތައް، ވިޓަމިން ޑީ، ބީޓާ އެޗްޗީޖީ، އިންފްލެމޭޝަން މާކާސް ހެދޭނެ ޕްރޮޑަކްޓެކެވެ.
ދެން ތައާރަފު ކޮށްފައި ވަނީ އެމް 10 މެޝިން އެވެ. މި މެޝިނުން ޑެންގޫ، ޓީބީ، ފުއްޕާމޭގެ ބަލިތައް، އެސްޓީއައި އަދި އެޗްޕީވީ ޓެސްޓް ހެދޭނެ އެވެ.

އެސްޑީ ބަޔޯސެންސަރަކީ ސައުތް ކޮރެއާއަށް ނިސްބަތްވާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ޑައިގްނޯސްޓިކް ވަސީލަތްތައް އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. މިގޮތުން މި ކުންފުނީގެ ޑައިގްނޯސްޓިކް ވަސީލަތްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ދާއިރާގައި ބޭނުން ކުރެވޭ ކޮލިޓީ ރަނގަޅު އިތުބާރުހިފޭ މޮޅު އުފެއްދުންތަކެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *