logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އާރްޓީއެލް ބަސްތަކުގެ ސައިޒު ކުޑަކުރަނީ

އާރްޓީއެލް ބަހުގެ ހިދުމަތްތައް ދިނުމަށް ގެންގުޅޭ އުޅަނދުތަކުގެ ސައިޒު ކުޑަކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން ނިންމައިފިއެވެ.

މާލޭގައި އުޅަނދުތައް ގިނަވުމުގެ ސަބަބުން ތޮއްޖެހުމަށް ދިމާވާ މައްސަލަ ހައްލުކުރުމުގެ ގޮތުން “މާލެ ފަހި” ގެ ނަމުގައި ޓްރާންސްޕޯޓު މިނިސްޓްރީއިން މަސައްކަތްތަކެއް ފަށާފައިވާއިރު، މިކަމުގެ ތެރެއިން ކުރެވިގެންދާ އެއް މަސައްކަތެއްގެ ގޮތުގައި މާލެ ސަރަހައްދުގައި ދުއްވާ ބަސްތަކުގެ ސައިޒު ކުޑަކުރުން ހިމެނެއެވެ.

އާރްޓީއެލް ބަހުގެ ހިދުމަތަކީ މިހާރުވެސް ގިނަ އަދަދެއްގެ ރައްޔިތުން ބޭނުން ކުރަމުންދާ ހިދުމަތެއް ކަމަށާއި އެހެންމަވެސް ތޮއްޖެހިފައިވާ މަގުތަކުގައި ބޮޑެތި ބަސްތައް ބޭނުން ކުރަމުންދާތީ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެ ބަސްތައް އޮޕަރޭޓް ކުރުމުގައި ދަތިތައް ހުރިކަމަށް ޓްރާންސްޕޯޓުން ދެކެއެވެ.

އެހެންކަމުން ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް މާލެ އަދި ހުޅުމާލޭގެ އެތެރޭގައި ދުއްވުމަށް އެކަށޭނެ ކުދި ސައިޒުގެ ބަހަށް ބަދަލުކޮށް، ބަސް ރޫޓުތަކުގެ ފްރީކުއެންސީ އިތުރުކުރުމަށް ނިންމާފައިވާކަން މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަނެއްކާ އަނެއްބަޔަކައް ރުފިޔާތަކެއް ލިބޭ ގޮތްވަނީ އަދިމިއުޅެނީބަސްތައްރަގަޅައް ދުންވާނެގޮތްނޭގިގެން ސާބަސް އަމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *