logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ސްކައުޓް ފެއަރ ފަށައިގެން ކުރިއަށް

މިނިވަންކަމަށް 59 އަހަރުފުރޭ އިޙްތިފާލާއި ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަނުން ފަން ފެއަރ އެއް އިންތިޒާމުކޮށްގެން ކުރިއަށް އެބަ ގެންދެއެވެ.

މަޖީދިއްޔާ ސްކޫލުގައި އިއްޔެ ހަވީރު 16:00 ގައި ފެށުނު މިފެއަރ މިއަދު ހަވީރު 1800 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.

މިފެއަރއަކީ ސްކައުޓް އެސޯސިއޭޝަނާއި މާލޭގެ 9 ސްކައުޓް ގުރޫޕެއް ގުޅިގެން ބާއްވާ ފެއަރއެކެވެ. މިފެއަރގައި ތަފާތު ޢުމުރު ފުރާތަކަށް ޚާއްޞަ ޙަރަކާތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެންދާއިރު، ވަނުމުގެ ފީއަކީ، 20 ރުފިޔާއެވެ. މިފެއަރ ގައި ސްކައުޓުންނަށް ޚާއްސަ ހަރަކާތްތަކާއި އަދި ތަފާތު އިތުރު ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ގިނަ ދުވަސްތަކަކަށްފަހު ސްކައުޓް އެސޯސިއޭޝަނުން މިފަދަ ފެއަރ އެއް އިންތިޒާމުކޮށްފައިވާއިރު، ފެއަރއަށް ވީހާވެސް ގިނަ އެހާރާއި މިހާރުގެ ސްކައުޓުން ޒިޔާރަތް ކުރެއްވުމަކީ އެ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެދުމެއްކަމަށް، ސްކައުޓް އެސޯސިއޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ