logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

އޮލިމްޕިކްސްއާ ދިމާކޮށް ޕެރިހަށް ޓެރަރިސްޓް ހަމަލާއެއް އަމާޒުވެދާނެ

ދިހަހާހަށް ވުރެ، ގިނަ އެތުލީޓުންނާއެކު އަންނަ މަހުގެ 11ގެ ނިޔަލަށް ފްރާންސްގެ ވެރިރަށް ޕެރިސްގައި ކުރިއަށް ގެންދާ އޮލިމްޕިކްސްއަށް ވަނީނުރައްކާތެރި ހަމަލާތަކެއް އަމާޒު ވެފައެވެ. އެކަމުގެ ބިރުވެރިކަން ބޮޑުވެ، ފްރާންސްގެ ސަރުކާރުން ޕެރިސް އަދި އެހެނިހެން މައި ސިޓީތަކަށް ގާތްގަނޑަކަށް 75000 ސިފައިންވަނީ ހަތިޔާރާއެކު ނެރެފައެވެ. ނިރުބަވެރި ހަމަލާއެއް ދީފާނެކަމަށް ޤައުމުގެ ޚާއްޞަ އަސާރުތަކުގައި ވަނީ ސަލާމަތީކަންކަން އިހުނަށްވުރެ ބޮޑުކޮށްފައެވެ. އެގޮތުން 100 އަހަރުވަންދެން އެރުން މަނާކޮށްފައި އޮތް ސެއިން ކޯރުގައި ފެންސް ޖެހުމާއި ނޮޓަރޑޭމް ފައްޅީގައިވަނީ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. ޕެރިސްގެ ގިނަ މަގުތަކާއި މެޓްރޯތައްވަނީ ބަންދު ކޮށްފައެވެ. އަދި ޖުމްލަ 44000 ބެރިކޭޑް ވަނީ ޕެރިސްގައި މިއަދުގެ ފެށުމުގެ ރަސްމިއްޔާތަށް ޖަހާފައެވެ.

ފާހަގަކޮށްލަން ޖެހޭކަމަކީ ފްރާންސް އަށް އެފްރިކާގެ ބައްރުން ހިޖުރަކޮށްފައިވާ ޤައުމު ތަކުގެ މީހުން ޕެރިސްގައި އަދި ފްރާންސްގެ އެހެނިހެން ރަށްރަށުގައި އޮލިޕިކްސް އާއި ދިމާކޮށް ހަމަނުޖެހުން ހިންގަމުންދާ ކަމެވެ. ބައެއް މުޒާހަރާތަކުގައި އެބައިމީހުން ފާޅު ކުރާ ޝީއާރުގައި ބުނެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ޖަރުމަނު މީހުން ޕެރިސް ހިފަން ކުރި މަސައްކަތަށްވުރެ ފަސޭހައިން އެބައިމީހުން ޕެރިސްގެ މައްޗަށް އަތްގަދަ ކޮށްފި ކަމުގައެވެ. ޕެރިސް އާއި ފްރާންސްގެ އެހެނިހެން ސިޓީތަކުގައި ނިރުބަވެރި ހަމަލާތަކެއް ހިނގުމަށް އުޅުނު ރަޝިޔާގެ މީހުންތަކެއް ވަނީ ދާދިފަހުން ހައްޔަރު ކުރެވިފައެވެ.

މިފަހަރުގެ އޮލިމްޕިކްސްގައި ފެނުގައި ބާއްވާ ޙަރަކާތްތައް ބާއްވަން ހަމަޖެހިފައި ވަނީ ޕެރިސްގެ ތެރެއިންދެމޭ ކޯރެއް ކަމުގައިވާ ރިވަރ ސެއިން ގައެވެ. މި ކޯރުވަނީ އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްގެން މިފަހަރުގެ އޮލިމްޕިކްސް އަށް ސާފުކޮށްފައެވެ. އޮލިމްޕިކްސް ފެށުމުގެ ކުރިން މިކޯރުގެ ސާފު ތާހިރުކަން ކަށަވަރުކޮށް ދިނުމަށް ޕެރިސްގެ މޭޔަރ އޭން ހިޑަލްގޯ ވަނީ މިކޯރުގައި ފަތާފައެވެ. ފަހުގެ ތާރީޚުގައި ކޯރެއްގެ އައްސޭރިފަށުން އޮލިމްޕިކްސް ފެށުމުގެ ޕެރޭޑް ބަލައިލަންލިބޭ ފުރަތަމަ އޮލިމްޕިކްސްއަށް މިފަހަރުފެ މި އިވެންޓް ވެގެންދާނެއެވެ. މި ޕެރޭޑް ބާއްވަން ހަމަޖެހިފައި ވަނީ ރިވަރ ސެއިންގައި ބޯޓު ފަހަރުގައެވެ.

މިފަހަރުގެ މި އޮލިމްޕިކްސްއަށް ޚަރަދު ވާނޭ ކަމަށް ލަފާ ކުރެވެނީ 7.6 ބިލިއަން ޕައުންޑެވެ. މިއީ ފާއިތުވި ހަތަރު އޮލިމްޕިކްސް ކަމުގައިވާ ޓޯކިޔޯ، ރިއޯޑިޖެނެއިރޯ، ލަންޑަން އަދި ބެއިޖިންގ އަށް ވުރެ ޚަރަދު ކުޑަ އޮލިމްޕިކްސް އެކެވެ. ޖުމްލަ ޚަރަދުގެ ބޮޑު ބައެއް އަމިއްލަ ކުންފުނި ތަކުންނާއި ޓިކެޓް ވިއްކައިގެން ލިބޭނެ ކަމަށް ބެލެވެއެވެ. އަނެއްކޮޅުން ސަލާމަތީ ކަންކަމަށް ދެ ބިލިއަނާ ހަތަރު ބިލިއަން ޕައުންޑާ ދެމެދު އަދަދެއް ޚަރަދުވެދާނެ ކަމަށް ފްރާންސްގެ ސަރުކާރުން ލަފާ ކުރެއެވެ.

ތިމާވެށީގެ ގޮތުން ވެސް ފަރަންސޭސި ސަރުކާރުންވަނީ ފާހަގަ ކުރެވޭ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ބައެއް ދަޅު ފަދަތަކެތި ރިސައިކަލް ކުރުން އަދި ކާޑުބޯޑު އެނދު ފަދަ ތަކެތި އެތުލީޓުން ނިދުމަށް ހަމަޖެއްސުން ހިމެނެއެވެ. އެތަކެއް މިލިއަން މެހެމާނުން ޕެރިސް އަށް ޖަމާވަމުން ދާއިރު ޓިކެޓަށް ބޮޑު ހޭދައެއް ކުރުމާއި، ޕެރިސްގެ ހޮޓަލްތަކުގައި އަގު އުފުލިފައިވާ ޚިދުމަތްތަކާ އެކު ބައެއް އިވެންޓް ވެނިއު ތަކުގެ ވަންނަފީ %30 އަށް އުފުލިފައިވާކަން ފާހަގަ ކުރެވެއެވެ.

ސަމާ އޮލިމްޕިކްސް ނިމުމާ އެކު، ޕެރިސްގައި 28 އޯގަސްޓް އިން 08 ސެޕްޓެމްބަރ އަށް 549 އިވެންޓްގައި 4400 އެތުލީޓުން ބައިވެރިވާ ޕެރަލިމްޕިކްސްވެސް ވަނީ ބާއްވަން ހަމަޖެހިފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *