logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނަގައިފި

މާލޭގެ ސަލްމާން މިސްކިތުގައި ނަމާދަށް ހުރި މީހެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށް، ބަންދަށް މުއްދަތު ޖަހައިފިއެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ފުވައްމުލަކު ސިޓީ މާދަޑު އަވަށު ބިއްދަރިގޭ އިބްރާހިމް އަހުމަދެވެ.

އަދި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.  ނަމާދަށް ހުރި މީހެއްގެ ދަބަސް އޭނަ ވަގަށް ނެގި މައްސަލައިގައި އަތުލައިގަތީ ސީސީޓީވީ ފުޓޭޖްގެ އެހީގައެވެ.

ކްރިމިނަލް ކޯޓުން ވަނީ އިބްރާހީމަކީ ކުރިން ވެސް މިސްކިތްތަކުން ވައްކަން ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމަށާއި އެފަދަ މައްސަލަތަކުގައި އޭނަ ހައްޔަރުކޮށް، ބަންދު ވެސް ކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ފަހަކަށް އައިސް މާލޭގެ މިސްކިތްތަކުން ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. އެގޮތުން މިސްކިތުން ފަންކާ އާއި ފެންމޯޓަރު ފަދަ ތަކެތި މި ފަހުން ވަގަށް ނަގާފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *