އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ރަސްމީ ވެބްސައިޓު ލޯންޗުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ރޭ އެ ވެބްސައިޓު ލޯންޗުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްްޔާތުގައި ރަސްމީކޮށް ވެބްސައިޓް ލޯންޗުކޮށްދެއްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
މީގެއިތުރުން ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓުތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޙާއްސަ ޔުނިޓެއްގެ އިތުރުން ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިގިރޭސި ބަހުން ލިބެން ހުންނާނެ ޙާއްސަ ޔުނިޓެއް ވެބްސައިޓްގައި ވަނީ ޤާއިމްކޮށްފައެވެ.