logo minivan

English

އާދިއްތަ, 15 ސެޕްޓެމްބަރ 2024

އަލިފާން ރޯވީ ޑްރަގް ހާއްޔެއްގައި، ބައެއް މީހުން ހައްޔަރުކުރި ކަމުގެ އަޑުތައް

ފަޅު އިމާރާތެއްގެ ގޮތުގައި ހުރި "އޯކިޑު ޕްލާޒާ"ގައި އަލިފާން ރޯވި މައްސަލާގައި ބައެއް މީހުން ހައްޔަރުކުރިކަން މުއުތަބަރު ގޮތެއްގައި މިނިވަންއަށް އެނގިއްޖެއެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން ހައްޔަރު ކުރީ "އޯކިޑު ޕްލާޒާ" ތެރެއިންނެވެ. ތިން ބުރިއަށް އިމާރާތްކޮށްފައިވާ ސަރުކާރުގެ ކުރީގެ ޝިޕިން ކުންފުނި، މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް)ގެ އެ އިމާރާތުގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަލިފާން ރޯވިއެވެ.

އެތަނުން ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކުރަން އެތަނަށް ވަދެ ތިބި ބައެއްކަން އެނގިފައިވެއެވެ.

އެތަނުން ހައްޔަރު ކުރި މީހުންނާ ބެހޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެއެވެ.

އެ އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެނުކުމެ ހަދާތަނެއް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުންޏެވެ.

އޯކިޑް ޕްލާޒާގައި ފަތިހު ރޯވި އަލިފާން ނިއްވާލީ މިއަދު އިރުއެރިފަހުންނެވެ. ކުންޏާއި ދުވަސްވީ ސާމާނުތަކުން ގޮނޑުވެފައިވާ އެތަނުގައި އަލިފާން ރޯވުމުން، ކައިރި ގެތަކުން ރޭ ފަތިހު މީހުން ހުސް ވެސްކުރިއެވެ. ނަމަވެސް އަލިފާން ކޮންޓްރޯލް ކުރެވުމުން އެ މީހުން ވަނީ ގެތަކަށް ވައްދާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *