logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ޕީއެންސީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް ޕާޓީގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފިއެވެ.

ޕީއެންސީން ބުނީ، އެ ޕާޓީގެ ހަރުގެ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ކަމަށެވެ.

މި ޖަލްސާއަށް އެ ޕާޓީން ވަނީ ހުރިހާ ބޭފުޅުންނަށް ދައުތު އަރުވާފައެވެ.

ޕީއެންސީން ހަރުގެ ޖަލްސާއެއް މިރޭ އޮންނައިރު، އެ ޖަލްސާގައި ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ، އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމްގެ އިތުރުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ.

އެ ޕާޓިން އެންމެ ފަހުން ހަރުގެ ޖަލްސާއެއް ބާއްްވާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި ޕާޓީގެ ލީޑަރު، އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *