logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ މަޖިލީހުން އެކުލަވައިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާ ގުޅިގެން އުފައްދަން ޖެހޭ ގެދޮރުވެރި ކޮމިޓީ އެކުލަވައިލައްވައިފިއެވެ.

މި ކޮމިޓީ އެކުލެވިގެން ވަނީ 11 މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަންކުރާ ޕީއެންސީގެ ނުވަ މެމްބަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުންނެވެ. ކޮމިޓީގައި ހިމެނެނީ ތިރީގައިވާ މެމްބަރުންނެވެ.

  1. ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް
  2. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން ލަތީފް
  3. މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު
  4. މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު
  5. ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
  6. ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު
  7. އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
  8. ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު
  9. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން
  10. ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް
  11. ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް

އެ ކޮމިޓީގެ މަސްއޫލިއްތުތަކަކީ ގެދޮރުވެރިކަމާ ގުޅޭ ކަންކަން ދިރާސާކުރުމާއި ބޯހިޔާވަހިކަމާ ގުޅޭ ގައުމީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ބޯހިޔާވަހިކަމާ ގުޅޭ ވުޒާރާއާއި އެނޫން ވެސް ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ރާވާ ހިންގާ އިދާރާތައް ވިލަރެސްކުރުމެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *