logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ދަނޑުގައި ހިންގިި މާރާމާރީއާ ގުޅިގެން ހެކި ނެތިގެން ދޫކޮށްލި މީހެއް އިއްޔެގެ އެކްސިޑެންޓް މައްސަލާގައި

އިއްޔެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ސްޕޯޓްސް ކާރަކުން ސައިކަލެއްގައި ޖެހި އެކްސިޑެންޓުވި މައްސަލާގައި ހައްޔަރުުކުރި މީހުންގެ ތެރޭގައި މީގެ ކުރިން މާރާމާރީގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކު ހުރިކަން ހާމަވެއްޖެ އެވެ.

އެކްސިޑެންޓުވި ސްޕޯޓްސް ކާރުގައި ތިބި ތިން ފިރިހެނުން، ކޯޓު އަމުރުގެ ދަށުން ރޭ ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރުވެސް ވަނީ ހާމަކޮށްފަ އެވެ. އެއީ ކ. މާލެ/ ހ. ނޫރާންމާގެއާގެ، އިކުރާމުއްރަހްމާން އާއި ކ. މާލެ/ މ.ލޭންޑްއޮފްގާޑަން، އިބްރާހިމް އިކްރާމް، (33އ) އަދި ގއ. ކަނޑުހުޅުދޫ/ އާޒާދުގެ، ޖިނާހު އިސްމާއީލެވެ. 

މި މީހުންގެ ތެރޭގައި ހިމެނޭ އިބްރާހިމް އިކްރާމް އަކީ މިއަހަރުގެ ފެބްރުއަރީ 13, ވަނަ ދުވަހު ގަލޮޅު ދަނޑުގައި ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ.ފުލުހުން އޭނާ ހައްޔަރުކުރީ ދަނޑުގައި މާރާމާރީ ހިންގައި، ބިރުދައްކައި އިންޒާރު ދިނުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ދިންކަމުގެ ތުހުމަތުގަ އެވެ.

ކްރިމިނަލް ކޯޓުން ފެބްރުއަރީ، 20 ގައި އާއްމުކޮށްފައި ކޯޓު އަމުރުން އެނގޭ ގޮތުގައި އެ މާރާމާރީގައި އިކްރާމްގެ މައްޗަށް މީހެއްގެ ގައިގައި ޖެހިކަމުގެ ތުހުމަތު ނުކުރެވުނު ނަމަވެސް ފުރަތަމަ ދަނޑަށް އެރި މީހުންގެ ތެރޭގައި އޭނާ ހިމެނޭ ކަމަށާއި، އަދި އޭނާގެ ފަހަތުން ދެން ތިބި މީހުންވެސް ދަނޑަށް އެރި ކަމަށެވެ.

އެ ކޯޓު އަމުރުގައި ވީޑީއޯ ފުޓޭޖްއާ ހަވާލާދީ ބުނެފައިވަނީ އޭނާ ކުށެއް ކުރާ މަންޒަރު ނުވަތަ ކުށެއް ކުރުމަށް ހިތްވަރު ދިންކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންވެ ކޯޓުން ވަނީ އޭނާ ބަންދުކުރަން ނުފެންނަން ކަމަށް ކަނޑައަޅާފަ އެވެ.

އިއްޔެގެ އެކްސިޑެންޓާ ގުޅިގެން ފުލުހުން އޭނާ ރޭ ހައްޔަރުކޮށްފައި ވަނީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި ކާރު ދުއްވަން އިން ޑްރައިވަރު ސީން ދޫކޮށް ދިއުމުން ފުލުހުން ރޭ އޭނާ ވެސް ވަނީ ހޯދައި ހައްޔަރުކޮށްފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *