logo minivan

English

އަންގާރަ, 03 ޑިސެމްބަރ 2024

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓްކޮށްފި

ގަވައިދާއި ހިލާފަށް އުޅެމުން ދާ ބިދޭސީން، ހިފަހައްޓައި އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ޑީޕޯޓުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ބިދޭސީ މަސައްކަތްތެރިން އުޅޭ ތަންތަން ބަލައި ފާސްކޮށް، އެ އިދާރާއިން ހިފަހައްޓާފައި ވަނީ 2،250 މީހެކެވެ. އަދި އެ މީހުން މިހާރު ވަނީ ޑީޕޯޓުކޮށްލާފައިކަމަށް އިމިގްރޭޝަނުން ބުންޏެވެ. އެއީ ޖުމްލަ 202 ރެއިޑްގައި އަތުލައިގަތް މީހުން ކަމަށް ވެއެވެ.

އެއްވެސް ލިޔެކިއުމެއް ނެތި ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭއިރު އެ މީހުންގެ އަދަދުތައް ހުރީ އަންދާޒާ ވެސް ނުކުރެވޭ ހިސާބެއްގަ އެވެ. އެގޮތުން މާލޭގެ ސަރައްދުގައި އުޅޭ ބިދޭސީންގެ އަދަދު އެކަނި ވެސް ލައްކައަކުން މައްޗަށް އަރާނެކަމަށް ބެލެވެ އެވެ.

އެކި ވިޔަފާރިތަކުގެ ތެރޭގައި ބިދޭސިން އުޅޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާއިރު އެ މީހުން އަތުލައިގަތުމުގެ މަސައްކަތަށް ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގި ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މާރުކޭޓާއި، ޓޭކްއަވޭ އަދި ސެލޫންތައް ބަލައި ފާސްކޮށް ގިނަ ބަޔަކު ވަނީ ހިފަހައްޓާފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *