logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާތީ 2 ފުލުހެއްގެ ސައިކަލްގައި ރޯކޮށްލައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ނ. އަތޮޅުގައި އޮޕަރޭޝަނެއް ހިންގަމުން ގެންދާތީ ފުލުހުންގެ ދެ ސައިކަލެއްގައި ރޯކޮށް އަންދާލައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނ. ހެނބަދޫގައި ފުލުހެއްގެ ސައިކަލަށް އިއްޔެ ގެއްލުން ދީފައިވާ ކަމަށެވެ. އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވެސް ރޯކޮށްލާފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މިކަމަކީ ނ. އަތޮޅުގައި ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއްކަމަށް ބެލެވޭ ކަމަށެވެ.

"މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތުކަމަށް ކުޑަވެސް ބަދަލެއް ނާންނާނެ ކަން މިފަދަ ވިސްނުމުގައި އަމަލުކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން." ޝިފާން ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވެ ހޯމް މިނިސްޓަރު އަލީ އިހްސާންގެ ބެއްލެވުމުގެ ދަށުން ފުލުހުން ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ ގުނަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ