logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ފަލަސްތީނުގެ ދިފާއުގައި މާލޭގައި މިއަދު އެއްވުމެއް ބާއްވަނީ

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުންނާއި ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަން ހާމަކުރުމުގެ ގޮތުން މާލޭގައި މިއަދު ހަވީރު އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

އިސްރާ އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މި އެއްވުން ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމަށް 300 ދުވަސްވެފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އައިއިރު ފަލަސްތީނުގެ ޣައްޒާ އިން ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 40،000 އާ ގާތްކޮށްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވެސް ލައްކައަކާ ވަނީ ގާތްކޮށްފައެވެ. މި ހަމަލާތަކުގެ ޝިކާރައަކަށް ގިނައިން ވެފައިވަނީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ %85 މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އެތައް ބަޔަކު ތިބީ ބަނޑުހައި ހޫނު ކަމުގެތެރޭގައެވެ. ބައިނަލްއަގުމާވީ ދުނިޔެއިން ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށް ދޭން ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް އިސްރާއީލުން އަންނަނީ ހުރަސް އަޅަމުންނެވެ.

ފަލަސްތީނުގެ ދިފާއުގައި މީގެކުރިން ވެސް މާލޭގައި ވަނީ އެއްވުންތަކެއް ބާއްވައިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ