logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ކުޅުދުއްފުށީގައި ގާއިމްކުރާ ބޯޓްޔާޑް މަސައްކަތުގެ 95 ޕަސެންޓް ނިމިއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ހދ. ކުޅުދުއްފުށީގައި ގާއިމްކުރާ ބޯޓް ޔާޑްގެ މަސައްކަތުގެ %95 މަސައްކަތް ނިންމާލައިފިއެވެ.

ކުޅުދުއްފުށި ޕޯޓްގެ ސަރަހައްދުގައި ޑޮކްޔާޑަށް ހަދާ 15،000 އަކަ ފުޓޫގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް އަދި މެނޭޖްމަންޓްގެ ބައެއް ބޭފުޅުން ކުޅުއްދުއްފުށި ޕޯޓަށް އިއްޔެ ވަނީ ވަޑައިގެންފައެވެ.

އެމްޕީއެލުން ބުނީ ބޯޓް ޔާޑްގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ވޯކްޝޮޕްގެ ފިނިޝިންގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ނިންމައި، މި ހިނގާ އޮގަސްޓް މަހުގެ ތެރޭގައި ބޯޓް ޔާޑް ހިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ފިނިޝްގެ މަސައްކަތްތައް ނިންމައި، ހިދުމަތް ފެށުމުގެ ކުރިން ޑޮކްޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދަން އިއުލާންކުރާނެ ކަމަށް ވެސް އެމްޕީއެލުން ބުނެފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މެރިޓައިމް ދާއިރާ ފުޅާކުރުމަށް ރާވައިފައިވާ ޕްލޭންތަކުގެ ދަށުން، އުތުރުގައި މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފެށުމާއި ޔޮޓް މެރީނާއެއް ގާއިމްކުރަން ފެށުމުގެ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށްދެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *