logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ކަރަންޓް ބިލު ބޮޑުވާތީ ސްޓެލްކޯއިން އޮޑިޓެއް ހަދަނީ

ގޭބިސީތަކުގެ ކަރަންޓް ބިލު ބޮޑުވާ މައްސަލަ ދިރާސާކުރުމަށް ސްޓެލްކޯއިން އޮޑިޓެއް ހަދަން ނިންމައި އެކަން އިއުލާންކުރައްވައިފިއެވެ.

ސްޓެލްކޯއިން މިކަން އިއުލާންކުރީ ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ ބޮޑުވެ، ދިގުދެމިގެން ދިއުމުން އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، މި މަހު އެ ކުންފުނިން ދޫކުރި ބިލްތަކުގެ 94 އިންސައްތަ ބިލު، މިދިޔަ މަހާ އަޅާބަލާއިރު ކުޑަ ކަމަށެވެ.

އެހެންނަމަވެސް މާލެއާއި ހުޅުމާލޭގެ ބައެއް ގޭބިސީތަކުގެ ބިލް އަދިވެސް ބޮޑުކަން އޭނާ ކަންބޮޑުވުމާ އެކު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އެގޮތަށް، މާލޭގެ ހަ އިންސައްތަ ބިލް، އަދި ހުޅުމާލޭގެ 15 އިންސައްތަ ބިލް އިންތިހާއަށް ބޮޑު ކަމަށެވެ.އޭނާ ވިދާޅުވީ، އެތަންތަނަށް ސްޓެލްކޯގެ ޓީމުތަކުން ޒިޔާރާތްކޮށް، ތަނުގެ ހާާލަތާއި ބޭނުންކުރާ އާލާތްތަކުގެ އިތުރުން އިންސިއުލޭޝަން ހުރި ގޮތް ވެސް ބަލާނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *