logo minivan

English

ހޮނިހިރު, 21 ޑިސެމްބަރ 2024

ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ބޭއްވުނު ބައްދަލުވުމަކީ ވަރަށް މާޔޫސް ކުރުވަނިވި ބައްދަލުވުމެއް: ޓެކްސީ ޑްރައިވާސް ކޮމިއުނިޓީ

ވެހިކަލް ޓޯކުރުމުގެ މައްސަލާގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް މާޔޫސްކުރުވަނިވި ބައްދަލުވުމެއްކަމަށް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ބުނެފިއެވެ.

މާލޭގެ މަގުތަކުގެ ލުއިފަސޭހަކަމަށާއި ޓްރެފިކް މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތެރެއިން ޤަވާއިދާ ހިލާފަށް ޕާކުކޮށްފަ ހުންނަ ވެހިކަލްތައް ފުލުހުން ޓޯ ކުރަމުންގެންދާ މައްސަލާގައި ޓެކްސީ ޑްރައިވަރުންގެ ފަރާތުން މިއަދު ޓްރާންސްޕޯރޓް މިނިސްޓްރީގެ ވެރިންނާއެކު ބޭއްވި ނބައްދަލުވުމަށްފަހު ޓެކްސީޑްރއިވާސް ކޮމިއުނީޓީގެ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓުގައިވަނީ "ވެރީ ޑިސަޕޮއިންޓިންގ މީޓީންގ ވިތް ޓްރާންސްޕޯޓް މިނިސްޓްރީ" އެވެ.

މާލޭގެ މަގުތަކާއި ހުސްކޮށްހުންނަ ސަރަޙައްދު ތަކުގައި ޤަވާއިދާ ޙިލާފަށް ވެހިކަލްތައް ޕާކުކޮށްފައިހުންނަ މައްސަލާގައި ސަރުކާރުން މިހާރު އަމަލުކުރަމުންގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ހުކުރުދުހުގެ ރޭވެސް ޓެކްސީ ޑަރައިވަރުން ވަނީ އިޙްތިޖާޖުކޮށްފައެވެ. ޢެ އެއްވުމުގައި އެފަރާތްތަކުން ގޮވާލަމުންގެންގޮސްފައިވަނީ ވެހިކަލްތައް މިހާރު ޓޯކުރަމުންގެންދާ ގޮތުން ވެހިކަލްތަކަށް ވަރަށްބޮޑެތި ގެއްލުންތައް ލިބެމުންދާކަމަށާއި އެހެންކަމުން ވެހިކަލް ޓޯކުރުމުގެ ކުރިން ވެހިކަލް ނެގުމުގެ ފުރުސަތު ދިނުމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *