logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ހައުސިން ޔުނިޓުތަކަށް ކުލި ނުދައްކާނަމަ ފިޔަވަޅު އަޅަން ފަށަނީ

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ކުލިތައް ގަވައިދުން ނުދައްކާނަމަ ފިޔަވަޅު އަޅާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މި މައްސަލައިގައި އާންމު ކުރި ބަޔާނެއްގައި ހައުސިން މިނިސްޓްރީން ބުނީ، ބައެއް ޔުނިޓުތައް ކުއްޔަށް ދީ އެތަންތަނަށް ގަވައިދާ ހިލާފަށް ބަދަލުތައް ގެންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެން ކަމުން މަހުން މަހަށް ދައްކަން ޖެހޭ ކުލިތައް ނުދައްކާ މައްސަލަ ހިމެނޭހެން، އެފަދަ މައްސަލަތައް ވެސް ބަލަން ފަށާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިނިސްޓްރީގެ އިލްތިމާސަށް ފަހު ވެސް ފައިސާ ދައްކަމުން ނުދާ، ގަވައިދާ ހިލާފަށް ޔުނިޓުތަކާ މެދު އަމަލު ކުރަމުންދާ މީހުންނަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ބޯހިޔާވަހިކަމުގެ ދަށުން ރައީސް ޑރ. މުހައްމަދު ރައްޔިތުންނަށްވި ރިޔާސީ ވައުދުތަކުގެ ތެރޭގައި، މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާގެ 20 އިންސައްތަ މައާފުކޮށް ދިނުން ހިމެނެ އެވެ. އަދި އޭގެ ފަހުން މި އަހަރުން ފެށިގެން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ޔުނިޓުތަކުގެ ވެރިފަރާތްތަކަށް އެންގި ނަމަވެސް އެއާއި އެއްގޮތަށް ބައެއް މީހުން ފައިސާ ދައްކަމުން ނުގެންދާކަމަށް މިނިސްޓްރީން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *