logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

އެމެރިކާއިން ދިވެހިރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފި

ދިވެހިރާއްޖެއާއި އެމެރިކާ ސަރުކާރާދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެއްބަސްވުމަށް 14 ވަނަ އިސްލާހު ގެނެސް 8.5 މިލިއަންޑޮލަރު އިތުރުކޮށް އެއެއްބަސްވުމުގެ ގްރާންޓް 45.7 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ނިންމައިފިއެވެ.

މިއަދު އެކަމަށްޓްކައި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގެ އެ އެއްބަސްވުމަށް އިތުރުކުރެވުނު ބައިގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއްސަމަދުއެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެެއްވީ ޔޫއެސް އެއިޑް ގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައު އެވެ.

ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެއްބަސްވުމަކީ ރާއްޖޖޭގެ މާލީ ގާބިލުކަން ބެލެހެއްޓުމުގައި ފަންނީ ގާބިލުކަން އިތުރުކޮށް ރާއްޖޭގެ އިގްތިސާދާއި  ޑިމޮކްރަސީ ހަރުދަނާކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *