logo minivan

English

ހޮނިހިރު, 14 ސެޕްޓެމްބަރ 2024

ހަސީނާ އިސްތިއުފާ ދެއްވާފަ ވަޑައިގެންނެވީ އިންޑިއާއަށް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ވާޒެދު ވަނީ އިސްތިއުފާދެއްވައި، ގައުމުން ފުރާވަޑައިގެންފިއެވެ.

ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދެއްވައި ގައުމު ދޫ ކުރައްވާ ފުރާވަޑައިގެންފައި މިވަނީ ދަރިވަރުންގެ އިސްނެގުމުގައި ފެށުނު އިހުތިޖާޖުތަކެއް މުޅި ގައުމަށް ފެތުރި،ހަމަނުޖެހުންތަކަކަށް ބަދަލުވުމާ ގުޅިގެންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، 76 އަހަރުގެ ބޮޑުވަޒީރު ވަނީ ހޯމަ ދުވަހު ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ފުރާވަޑައިގެންފައެވެ. މިއީ ވެރިރަށް ޑާކާގައި ހުންނަ އޭނާގެރަސްމީ ގަނޑުވަރަށް ހާހުން ގިނަ އަދަދެއްގެ މީހުން އަރައިގަތުމާ ގުޅިގެންނެވެ.

މިއާއެކު، ބަންގްލަދޭޝްގެ އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި ބޮޑުވަޒީރުގެ ވެރިކަމަށް ހީނުކުރެވޭފަދަ ގޮތަކަށް ނިމުމެއް އައިސްފައިވެއެވެ. އޭނާ ވަނީޖުމްލަ 20 އަހަރަށްވުރެ ގިނަ ދުވަހު ގައުމު ވެރިކަން ކުރައްވާފައެވެ.

ދެކުނު އޭޝިއާގެ މި ގައުމުގެ އިގްތިސާދީ ކުރިއެރުން ކުރިއަށް ގެންދެވުމުގެ ކްރެޑިޓް ލިބިވަޑައިގަންނަވާ ހަސީނާ، އޭނާގެ ސިޔާސީ ދަތުރު ފައްޓަވާފައިވަނީޑިމޮކްރަސީއަށް ތާއީދުކުރައްވާ އައިކަނެއްގެ ގޮތުގައެވެ.

ނަމަވެސް، ފަހަކަށް އައިސް އޭނާއަށް ވަނީ އަމިއްލަ ވެރިކަމަށް ދެކޮޅު ހަދާ ފަރާތްތަކަށް އަނިޔާވެރިވެ، އޮޓޮކްރެޓިކް ވެރިއެއްގެ ގޮތުގައިބަދަލުވެވަޑައިގެންފައިވާކަމުގެ ތުހުމަތު ކުރެވެއެވެ.

ޖެނުއަރީ މަހު ބޭއްވުނު އިންތިޚާބެއްގައި އޭނާ ވަނީ ހަތަރުވަނަ ދައުރަކަށް ބޮޑުވަޒީރުކަން ހޯއްދަވާފައެވެ. ނަމަވެސް މި އިންތިޚާބަކީ ނުފޫޒުން ފުރިގެންވާ ދޮގުއިންތިޚާބެއްކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *