logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހަސީނާ މާޔޫސްވެއްޖެ، ދެން ސިޔާސީ ދާއިރާއަށް އެނބުރި ނާންނާނެ – ދަރިކަލުން ސަޖީބު

ހަމަނުޖެހުން ބޮޑުވެ ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ޝެއިޚް ހަސީނާ ސިޔާސީ ދާއިރާއށް އެނބުރި ވަޑައިނުގަންނަވާނެ ކަމަށް އެކަމަނާގެ ދަރިކަލުން އަދި ކުރީގެ އޮފިޝަލް އެޑްވައިޒަރު ސަޖީބު ވަޒީދު ޖޯއީ ވިދާޅުވެއްޖެ އެވެ.

ބީބީސީ އަށް ދެއްވި އިންޓަވިއު އެއްގައި ސަޖީބު ވިދާޅުވީ 76 އަހަރުގެ މަންމާފުޅު އެހާ ބޮޑަށް މާޔޫސްވެލެއްވީ 15 އަހަރު ބަނގުލަދޭޝް އަށް ކޮށްދެއްވި އުގުނުކުރެވޭ މަސައްކަތާ ދެކޮޅަށް ގައުމުގެ މަދު ބަޔަކު ނިކުމެ ހިންގި ހަމަނުޖުމާގުޅިގެން އެކަމަނާ ގައުމު ދޫކުރައްވައި ވަޑައިގަންނަވަންޖެހުމާގުޅިގެން ކަމަށެވެ.

އެ އިންޓަވިއު ގައި ސަޖީބު އިތުރަށް ވިދާޅުވީ މަންމާފުޅު އެގައުމާ ހަވާލުވިއިރު އެގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި ފަގީރުކަން އިންތިހާއަށް އޮތް އެގައުމު ހަމައަކަށް އަޅުވައި މިހާރު ބަނގުލަދޭޝް އަކީ ކުރިއަރަމުންއަންނަ ގައުމަކަށް ހަދާފައިވާކަމަށެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ