ބަންގުލަދޭޝް ގެ މިހާރުގެ ހާލަތައް ރިޔާއަތްކޮށް އެގައުމަށް މޯލްޑިވިއަން އިން ކުރާ ދަތުރުތައް މެދުކަނޑާލައިދިއެވެ.
މޯލްޑިވައުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިއަދު ބަނގުލަދޭޝް އަށް ކުރަން ހަމަޖެހިފައި އޮތް ދަތުރުވަނީ ކެންސަލް ކޮށްފައެވެ. މިވަގުތު މޯލްޑިވިއަން އެންމެ އިސްކަން ދޭކަމަކީ އެއާލައިންގެ ކުރޫއިންނާއި ޕަސެންޖަރުންގެ ސަލާމަތާ ރައްކާތެރިކަންކަމަށްވެސް އެ އެއާލައިނުން ވަނީ ހާމަކޮސްފައެވެ.
ބަނގުލަދޭޝް ގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާގުޅިގެން އެގައުމުގެ ބޮޑުވަޒީރު މިހާރުވަނީ އިސްތިއުފާދެއްވުމަށްފަހު ގައުމު ދޫކުރައްވައި ވަޑައިގެންފައެވެ.