logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

ސިޔާމު އެދުނު 2.5 ބިލިއަން ރުފިޔާގެ ގެރެންޓީ ނުދޭން ފިނޭންސުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ރިސޯޓެއް ތަރައްގީކުރަން ބޭނުންވާ 165 މިލިއަން ޑޮލަރު ނުވަތަ 2.5 ބިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުގެ ސޮވަރިން ގެރެންޓީއަށް އެދުމުން އެ ގެރެންޓީ ނުދޭން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.

 ސިޔާމުގެ ކުންފުނިން ލޯނެއް ނަގަން ސަރުކާރުގެ ސޮވަރިން ގެރެންޓީއަށް އެދުނީ މާލެ އަތޮޅުގެ އެމެރާލްޑް ލެގޫން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް ހޯދުމަށެވެ. އެ ރިސޯޓުގައި 1،500 އެނދު ތަރައްގީ ކުރަން ޕްލޭން ކޮށްފައިވެއެވެ.

އެމެރާލްޑް ލެގޫން ތަރައްގީ ކުރުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕާ އެކު މަޝްވަރާތައް ކޮށްފައިވާއިރު، ޗައިނާގެ ބޭންކެއް މެދުވެރިކޮށް ލޯނު ހަމަޖެއްސެން އޮތީ ސަރުކާރުން ގެރެންޓީ ދީގެންކަން އެނގިފައިވެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *