logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ފަލަސްތީނާ ގުޅޭ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ޒަމީރު ސައުދީއަށް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް އެކްސްޓްރާ އޯޑިނަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ސަޢުދީ ޢަރަބިއްޔާއަށް ފުރާ ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ ފަލަސްޠީނުގެ ބިންތައް ހިފާ، ޢީރާންގެ ސިޔާދަތީ މިނިވަންކަމާ ދެކޮޅަށް އިސްރާޢީލުން ދެމުގެންދާ ޙަމަލާތަކާ ގުޅޭގޮތުން އޯއައިސީގެ ބައްދަލުވުމެއް މިމަހުގެ 7 ވަަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު، މިރޭ ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އޯއައިސީގެ މި ބައްދަލުވުން ބާއްވަނީ އިސްރާޢީލުގެ ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޢަމަލުތަކާއި ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން ފަލަސްތީނާއި ޢީރާންގެ ދަޢުވަތަކަށްކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. މިއީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާ ބައްދަލުވެމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *