logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024

އެސްޓީއޯ އިން މާލޭގައި 25 ބުރީގެ މަލްޓިޕާޕޯސް އިމާރާތެއް އަޅަނީ

މާލޭ ހުޅަނގުފަރާތުން އެސްޓީއޯ މައިއޮފީހުގެ ދެކުނުން އޮންނަ ބިމުގައި ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމަށް ނިންމައި އެ މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެސްޓީއޯއިން ކޮށްފައިވާ އިޢުލާނުގައިވާގޮތުން މަލްޓިޕާޕޯސް އިމާރާތެއްގެ ގޮތުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ އެ އިމާރާތަކީ އެސްޓީއޯގެ ފަރާތުން 15 ޕަސެންޓް އިކުއިޓީ ދީގެން ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރެވޭ އިމާރާތެކެވެ.

އެސްޓީއޯއިން ކުރުމަށް ހަމަޖެހިފައިވާ 25 ބުރީގެ އައު އިމާރާތުގައި ކުލާސްރޫމްތަކާއި، އޮޑިޓޯރިއަމްތަކާއި، ޖިމަކާއި، މަލްޓިޕާޕޯސް ހޯލެއްވެސް އަދި ޕާކީން ވެސް ހިމެނެއެވެ.

އިއުލާނުގައިވާގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 18 މިލިއަނަށް ވުރެ އަގުބޮޑު މަޝްރޫއެއް ހިންގާފައިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *