logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

5000 ކިލޯމީޓަރު ދުރުގައި ހުރެ ރޮބޮޓް ބޭނުންކޮށްގެން އޮޕަރޭޝަނެއްކޮށްފި

މިއީ ޗައިނާއިން ގާއިމްކުރި ރެކޯޑެކެވެ. ޑޮކްޓަރު މި އޮޕަރޭޝަން ކުރެއްވީ 5000 ކިލޯ މީޓަރު ދުރުގައި ހުންނަވައިގެންނެވެ.

ބަލި މީހާގެ ފުއްޕާމޭގައި އުފެދިފައިވާ ޓިއުމަރު ނެގުމަށް ޑޮކްޓަރު ބޭނުންކޮށްފައިވަނީ 5ޖީ ސާޖިކަލް ރޮބޮޓެކެވެ.

ޗައިނާގެ ޝަންހާއީ ޗެސްޓް ހޮސްޕިޓަލުގައި ހުންނަވައި މި އޮޕަރޭޝަން ކުރެއްވިއިރު ބަލި މީހާ އާއި ރޮބޮޓް ހުރީ 5000 ކިލޯ މީޓަރު ދުރުގައި، ޒިންޖިއަންގް ސިޓީގައެވެ.

މި އޮޕަރޭޝަންގެ ސަބަބުން ބޭސް ފަރުވާއަށް ބޮޑެތި ސިޓީތަކަށް ދަތުރުކުރަން ޖެހުމުގެ އުނދަގުލުން ބަލި މީހުންނާއި އާއިލާތައް ސަލާމަތްވާނެ ކަމަށް ޝަންހާއީ ޗެސްޓް ހޮސްޕިޓަލުން ބުނެއެވެ.

ކުރިއަށް އޮތްތަނުގައި ވެސް ރޮބޮޓުގެ އެހީގައި ކުރާ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށާއި އަދި އެކަމުގެ ދިރާސާތަކުގެ އަލީގައި އެދާއިރާއަށް ކުރިއެރުންތައް ހޯދުމަކީ ހޮސްޕިޓަލްގެ އެންމެ ބޮޑު އެއް އަމާޒެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ