logo minivan

English

ހޯމަ, 16 ސެޕްޓެމްބަރ 2024

ސްޓެލްކޯގެ މުވައްޒަފުން ތަމްރީނު ކުރުމަށް ފަސް އަހަރުގެ އެއްބަސްވުމެއް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމުގެ ގޮތުން ޕޮލިޓެކްނިކާއި ސްޓެލްކޯއާއި ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެއިން ފެށިގެން ފަސް އަހަރު ދުވަހަށް ސޮއިކުރި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއިއޯ ޒޫޝާން ކަމާލުއްދީނެވެ.

ސްޓެލްކޯއިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ސެޓިފިކޭޝަން ކޯސްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޕޮލިޓެކްނިކްގެ ދަސްވާރުންނާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، އެ ދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވައި، ފަންނީ ގާބިލު ޖީލެއް އުފެއްދުމަށްވެސް މަގުފަހިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމށް އެއްބަސްވެފައިވާ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *