logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓްލިމިޓެޑުން ސައިކަލ ގަންނަން ފާއިސާ ދައްކާފައިވާ ފަރާތްތައް ފުލުހުން ހޯދަނީ

ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަމުންގެންދާތީ ހުށަހެޅިފައިވާތީ، ސައިކަލު ގަންނަން އެކުންފުންޏަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ސައިކަލު ނުލިބޭ ފަރާތެއްވާނަމަ ފުލުހުންނަށް އެކަން އެންގުމަށް ފުހުންގެ އިދާރާއިން އެދެފިއެވެ.

ފުލުހުން މިގޮތަށް އިއުލާނުކޮށްފައިވަނީ ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އާންމުންނަށް ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް އެ އިދާރާއިން ތަހުގީގުކުރަމުންގެންދާތީކަމަށްވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން ކިންގްސްޓޮން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސައިކަލު ގަތުމުގައި މަކަރާއި ހީލަތުގެ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ އިތުރު އެއްވެސް ފަރާތެއް ވާނަމަ، ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެ މަޢުލޫމާތު ހިއްސާކުރެއްވުމަށް ވަނީ ދަންނަވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ