logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަގުބައްތިތައް ރަނގަޅު ކުރަން އިތުރު މުހުލަތު ދީފި

ރަށްރަށުގެ މަގު ބައްތިތައް ރަނގަޅުކުރަން ކައުންސިލްތަކަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން ދީފައިވާ މުހުލަތު އިތުރުކޮށްފައިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓާރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މާލޭ ކައުންސިލުން ހުސްވެފައިވާ ތިން ދާއިރާގެ ގޮނޑިއަށް އިންތިހާބުވި ތިން މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނިމުނު ޖުލައި މަހުގެތެރޭގަ ކައުންސިލްތަކަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ 30 ދުވަހުގެ ތެރޭގަ ރަށްރަށުގެ މަގުބައްތިތަކުން ކަރަންޓު ކަނޑާލާނެ ކަމުގެ އަމުރު އައުމާ ގުޅިގެން ދިމާވި ގޮންޖެހުން ކަމަށެވެ.

"މިކަމާ ގުޅިގެން މި މިިނިސްޓްރީން އިސްނަގައިގެން ފެނަކަޔާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ އަދި ސަރުކާރުގެ އެހެން މުއައްސަސާތަކާ އެކުގަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި މިހާރު މިވަނީ ހަ މަސް ދުވަހުގެ މުހުލަތެއް އަޅުގަނޑުމެންނަށް ލިބިފަ. ފެނަކަޔާ ރެގިއުލޭޓަރީ އޮތޯރިޓީ އަދި ފިނޭންސް މިނިސްޓްރީއާއެކުގަ މަސައްކަތް ކޮށްގެން އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ތިން މަސް ނުވަތަ ހަ މަސް ދުވަހުގެތެރޭގަ ޕްލޭނެއް އެކުލަވާލެވި އެ ޕްލޭންގެ ދަށުން ރަށްރަށުގެ މަގުބައްތިތަކުން ކަރަންޓު ކަނޑާލުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ