logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އޮލިންޕިކްސް އަންހެނުންގެ ރެސްލިން ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ވިނޭޝްގެ ހަށިގަނޑު 100 ގުރާމު ބަރުވެގެން މުބާރާތުން ޑިސްކޮލިފައިކޮށްފި

އޮލިމްޕިކްސްގެ ވިމަންސް ފްރީސްޓައިލް ރެސްލިންގ ކޮމްޕެޓިޝަނުގެ ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ވިނޭޝް ޕޮގަޓް ފައިނަލް އިވެންޓަށް ކުޑަތަންވެފައިވަނިކޮށް އޭނާގެ ބަރުދަނުން 50 ގުރާމު އިތުރުވުމުން މުބާރާތުން ޑިސްކޮލިފައިކޮށްފޮއެވެ.

ޔޫޑަބްލިއުޑަބްލިއު ގެ އިންޓަނޭޝަނަލް ރެސްލިންގ ކޮމްޕެޓިޝަނުގެ ގަވާއިދު ބުނާގޮތުން ވިނޭޝް އޮލިމްޕިކްސް ރެސްލިންގ ފައިނަލަށް ގޮސްފައިވީނަމަވެސް ދެން އޭނާއަށް އެއްވެސް މެޑެލްއެއް ނުލިބޭނެއެވެ.

ޔުނައިޓެޑް ވޯލްޑް ރެސްލިންގ ގެ ގަވާއިދު ބުނާގޮތުން ދެން ފައިނަލުގައި ވާދަކުރާނީ ވިނޭޝް އާ ވާދަކޮށް ބަލިވި ރެސްލާ އެވެ.

އިންޑިއާއި އޮލިމްޕިކް ރަންމެޑަލް ހޯދާނެކަމަށް އެއްމެ ބޮޑަށް އުންމީދު ކުރި އެތުލީޓް މުބާރާތުން ޑިސްކޮލިފައިކުރުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރުވަނީ އިންޑިއާގެ އޮލިންޕިކް ކޮމެޓީގެ ރައީސް ޕީޓީ އުޝާ އަށް ގުޅުއްވައި އޮލިންޕިކްސް ގެ އުސޫލުތަކާއެއްގޮތަށް އެކަމުގައި ކުރެވެންހުރި ކަންކަން ބަލައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ