logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

އިންޑިއާއިން އިތުރު އެހީ އަށް އެދިވަޑައިގަތުމުގެކުރިން، ކަނޑު ވިއްކާލުމުގައި ބައިވެރިވިންތޯ އެއްސެވުމަށް އަބްދުﷲ ޝާހިދު އެދިވަޑައިގެންފި

އިންޑިއާއިން އިތުރ ލާރިއާއި އިތުރު އެހީތެރިކަމަށް އެދުމުގެކުރިން ދިވެހި ރާއްޖޭގެ ކަނޑު ވިއްކާލުމުގައި އިންޑިއާގެ ބައިވެރިވުން އޮތްތޯ އިންޑިއާގާތުން އެހުމަށް ކުރީގެ ފޮރިންމިނިސްޓަރ އަބްދުﷲ ޝާހިދު އެދިވަޑައިގެންފިއެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމަގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ އަންނަ ހުކުރުދުވަހު އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާ ކަމަށާއި ރާއްޖެއިން ކަނޑު ވިއްކާލީ އިންޑިއާއި ގުޅިގެންކަމަށް ވިދާޅުވާއިރު އެއީ ތެދެއްތޯ އައްސަވަން އެދިލައްވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ "އަޅުގަނޑު އެދެން މިއަދުގެ ސަރުކާރުން އެންމެ ކަމަކަށް، އެއީ އެބޭފުޅުން ވެރިކަމަށް ވޑައިގަންނަވަންވެގެން ވާހަކަފުޅު ދައްކަވާ، މަގުމަތީގައި އުޅުއްވީ، ޕެނަލްތައް ބާއްވައިގެން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލީއޭ، ރާއްޖޭގެ ކަނޑު ވިއްކާލީ އިންޑިއާ އޭގައި ބައިވެރިވެގެންނޭ، ހާރިޖީ ވަޒީރު އެވަޑައިގަންނަވަނީ ހުކުރުދުވަހު ހާރިޖީވަޒީރު އަރިހުގަ އައްސަވާލައްވާ އިތުލާރިއަށް އެހީއަށް އެދިވަޑައިގަންނަވަންވާއިރު، އަދި އިތުރަށް އައްސަވާލައްވަންވާނެ، ބައިވެރިވެގެން ބަލަ ކަނޑު ވިއްކަވާލެއްވިންތޯ؟" ޝާހިދު ވިދާޅުވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *