އިންޑއާގައިި ހުންނެވި ކުރީގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި އެކަމަނާގެ ކޮއްކޯފުޅު ޝެއިހް ރެހާނާ އަނބުރާ ބަނގުލަދޭޝް އަށް ފޮނުވާދިނުމަށް ބަނގުލަދޭޝްގެ ސްޕްރީމް ކޯޓް ބާ އެސޯޝިއޭޝަނުން އިންޑިއާއަށް ގޮވާލައިފިއެވެ.
ބަނގުލަދޭޝްގެ ސްޕްރީމްކޯޓް ބާ އެސޯޝިއޭޝަންގެ ރައީސް މަހްބޫބުއްދީން ގޮވާލެއްވީ އެގައުމުން އިންޑިއާއިއެކު އޮތް ގާތްގުޅުން ދަމަހައްޓަން ބޭނުންވާކަމަށާއި، ޝެއިޙް ހަސީނާ އަކީ ބަނގުލަދޭޝް ގެ އެތައް ރައްޔިތުންނެއް މަރާފަ ހުންނެވި މީހެއް ކަމަށާއި އެހެންކަމުން އެކަމަނާއާއި އެކަމަނާގެ ކޮސްކޯފުޅު ބަނގުލަދޭޝްއާއި ޙަވާލުކުރުމަށް އެދޭކަމަށެވެ.