logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

"ވެލްކަމް އިންޑިއާ" ރޯޑް ޝޯއަށް ފަހު އިންޑިއާގައި އިންވެސްޓްމަންޓް ފޯރަމެއް

އިންޑިއާގައި ބޭއްވި"ވެލްކަމް އިންޑިއާ" ރޯޑް ޝޯ ކާމިޔާބު ކަމަށާއި، މިހާރުގެ ވިސްނުންފުޅަކީ އެޤައުމުގެ އިންވެސްޓްމެންޓުތަކެއް ރާއްޖެ ގެނައުމުގެ މަޤްޞަދުގައި އިންވެސްޓް ފޯރަމެއް ބޭއްވުންކަމަށް ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއިބެހޭ ވަޒީރު މިހެން ވިދާޅުވީ ވެލްކަމް އިންޑިއާ ރޯޑް ޝޯ ނިންމާލުމަށް ފަހު ރާއްޖެއަށް ވަޑައިގެން އިންޑިއާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިސްވެހުންނަވާ އިންޑިއާގެ ބޮޑު 3 ސިޓީއެއްގައި ރޯޑް ޝޯވްތަކެއްވަނީ ބާއްވާފައެވެ. މި ރޯޑް ޝޯވތައް ބާއްވާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް، މަޓާޓޮ އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެންއެޗްޖީއޭއެމް ގުޅިގެންނެވެ. މި ރޯޑްޝޯތައް ބޭއްވީ 30 ޖުލައިގައި ނިއުދިއްލީގައި، 01 އޯގަސްޓްގައި މުމްބާއީގައި އަދި 03 އޮގަސްޓްގައި ބެންގަލޫރުގައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *