logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އާޖެންޓީނާގެ 19 އަހަރުގެ ޑިފެންޑަރ އެންސެމީނޯ ގެ ސޮއި ޗެލްސީން ހޯދައިފި

15.6 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެދަށުން އާޖެންޑީނާގެ ބޮކާޖޫނިއާސްގެ ޑިފެންޑަރ 19 އަހަރުގެ އެންސެމީނޯ އިނގިރޭސި ޕްރްިމިއާރ ލީގުގެ ކުލަބް ޗެލްސީއާ ގުޅިއްޖެއެވެ.

އާސެލްމިނޯގެ ޗެލްސީއާއި ގުޅިފައިވަނީ 7 އަހަރުގެ ކޮންޓްރެކްޓެއްގައެވެ. މި ހޫނު މޫސުމުގެ ޓްރާންފަރ މާކެޓްގައި ޗެލެސީންވަނީ ޓޮސިން އަޑަރަބިޔޯ، އެސްޓެވާއޯ ވިލިއަން، އޮމަރީ ކެލީމަން، ފިލިޕް ޖޯޖެންސަން، މާކް ގުއިއު އަދި ކިއާނާން ޑިއުސްބަރީހޯލް ގެ ސޮއި އެޓީމުން ހޯދާފައެވެ.

އަދި އެޓީމުން ޓްރަންސްފާ ބާޒާރުގައި ކުޅުންތެރިންވިއްކައިގެން މިހާތަނަށް 90 މިލިއަން ޕައުންޓްގެ އާމްދަނީއެއް ހޯދާފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އެ ޓީމުން ވިއްކާލި ކުޅުންތެރިންގެ ތެރޭގައި އިޔަން މާޓްސެން، ލުއިސް ހޯލް އަދި އޮމަރީ ހަޗިންސަން ހިމެނެއެވެ. އަދި އެ ޓީމުގެ ކޮނޯރ ގައްލަގާ ސްޕައިންގެ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވުމުގެ މަޝްވަރާތައްވެސް ދަނީ ކުރެވެމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ