logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

އިންޑިއާ ޕާކިސްތާނުގެ އޮލިމްޕިކްސް ގަދަހިފުން އޮލިމްޕިކްސްގެ ރެކޯޑަކާއެކު ކާމިޔާބުކުރީ ޕާކިސްތާނުން

ފްރާންސް ގައި ކުރިއަށްދާ ހޫނު މޫސުމުގެ އޮލިމްޕިކްސް ޖެވެލިން އުކުމުގެ އިވެންޓުން ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ނީރަޖް ޗޯޕްރާ އާއި ޕާކިސްތާނުގެ އަރްޝަދު އާ ދެމެދު ބޭއްވި ފައިނަލުގައި އޮލިމްޕިކްސްގެ އައު ރެކޯޑަކާއެކު އެ މުބާރާތުގެ ރަންމެޑަލް ހޯދީ ޕާކިސްތާނުގެ އަރުޝަދު ނަދީމު އެވެ.

އިންޑިއާއިން މިފަހަރުގެ އޮލިމްޕިކްސް ގައި އެގައުމަށް ރަންމެޑަލް ހޯދައިދޭނެކަމަށް އެއްމެބޮޑަށް އުންމީދު ކުރި އެއް އެތުލީޓަކީ އެ ގައުމުގެ ޖެވެލިންގ އުކުންތެރިޔާ ނީރަޖު ޗޯޕްރާއެވެ. ނަމަވެސް ފައިނަލް އިވެންޓް ގައި ނީރަޖް ޗޯޕްރާއަށް އެއްލުނީ 89.45 މީޓަރަށެވެ. ނަމަވެސް ޕާކިސްތާނުގެ އަރުޝަދު ނަދީމު 92.97 މީޓަރަށް އެއްލައިގެން ވަނީ އޮލިމްޕިކްސްގެ އައު ރެކޯޑެއް ގާއިމްކޮށް އިންޑިއާގެ މައްޗަށް ކުރި ހޯދާފައެވެ.

މިފަހަރުގެ އޮލިމްޕިކްސް ގައި ރަންމެޑަލް ހޯދާނެކަމަށް ދެން އެއްމެ ބޮޑަށް އިންޑިއާއިން އުންމީދުކުރި އެތްލީޓަކީ އެގައުމުގެ އުންމީދީ ރެސްލަރު ވިނޭޝް ޕޮގަޓް އެވެ. 50 ކިލޯގެ ފްރީ ރެސްލިންގ ފައިނަލަށް އޭނާ ދިޔަ ނަމަވެސް ފައިނަލުގެ ކުޑަވަގުކޮޅެއްކުރިން ވިނޭޝް ޕޮގަޓް ގެ ހަށިގަނޑު 100 ގްރާމު ބަރުވުމުން އެ އިވެންޓުން އޭނާ ވަނީ ޑިސްކޮލިފައިކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ