logo minivan

English

އަންގާރަ, 17 ސެޕްޓެމްބަރ 2024

ކުރިއަށް އޮތީ ވަރަށް ވިއްސާރަ ދުވަސްތަކެއް: މެޓް އޮފީސް

އަންނަ އާދީއްތަދުވަހުންފެށިގެން ކުރިއަށް އޮތް 5 ދުވަހު ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަޙައްދުގެ މޫންސުޔް ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ އިލްތިމާސްގައި ވަނީ އަންނަ އާދީއްތަދުވަހުންފެށިގެން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 40 މޭލާއި 45 މޭލާދެމެދަށް ވައިގަދަވެ، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައެވެ.

އެހެންކަމުން މޫސުމާބެހޭ އިދާރާއިން ވަނީ ވިލާގަނޑުގައި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ އެއްމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑު ދަތުރުކުރާ ފަތާތްތަކުން ދަތުރުފެށުމުގެކުރިން އެއްމެފަހުގެ މޫސުމާބެހޭ މައުލޫމާތު ހޯއްދަވައިގެން ދަތުރުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ނިމުނު ހަފްތާއަކީވެސް މާލެ ސަރަޙައްދަށާއި ރާއްޖޭޖެ އެކި ސަރަޙައްދުތަކަށް ވިއްސާރާގެ އަސަރުކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *