މިއަދު ހެނދުނު ރަސްފަންނަށް މޫދަށްއެރި އުޅުނު ބައެއްގެ އަތް ދަބަސް ވަގަށް ނެގި ދެ މީހަކު ފުލުހުން ހައްޔަރުކޮށް އެ 2 މީހުންގެ ވަނަވަރު ފުލުހުން އާއްމުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވާފައިވާ މައުލޫމާތުގައިވާގޮތުން އެ 2 މީހުން ހަތްޔަރުކުރީ އެސަރަޙައްދުގައިހުރި ސީސީޓީވީ ފުޓޭޖު ބަލައިގެން އެ ކޮންބައެއްކަން ދެނެގަތުމަށްފަހު އެ މީހުން ދެނެގަނެގެންނެވެ. އެގޮތުން މައްސަލަ ހުށަހެޅުނުތާ ގަޑިއެއްގެ އިރު ތެރޭގައި މަޖީދީ މަގާއި ދިލްބަހާރު މަގު ގުޅޭ ހިސާބުން އެ 2 މީހުން ހައްޔަރުކޮށް އަތްދަބަހާއި އޭގެ ތެރޭގައި އޮތް 2 ފޯނު ހޯދައި ވެރިފަތަށް ރައްދުކުރެވިވާކަމަށްވެސް ފުލުހުންގެ މެސެޖުގައި ވެއެވެ.
އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށި ލަކީ ހައުސް ސޮފްވާން އަލީ 36 އަހަރު އާއި ގއ. ވިލިނގިލި ޒިއުރިކް ވިލާ ހަސަން ތައުފީގް 40 އަހަރުއެވެ.