logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މާފަންނު ސަހަރާގެ ބޮޑުބައެއް ކޮނެ ސާފުކުރަނީ

އިއްޔެ މާލޭސިޓީ ކައުންސިލުންވަނީ  ަމިއްލަ ތަކެތީގައި މާފަންނު ސަހަރާގެ 36،153 އަކަފޫޓުގެ ސަރަހައްދުގެ ވެލިގަނޑު 2.4 މީޓަރު ފުންމިނަށް ކޮނެ ފުރޭނުމަށްފަހު އިތުރުވާ ވެލި ގެންގޮސް ހުޅުމާލެ ސަހަރާގައި ފުނި ޖެހައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލުންވަނީ އިސްލާމިކު މިނިސްޓަރީގެ ލަފާގެ މަތިން އެކައުންސިލްގެ ދަށުގައި ހުރި ސަހަރާތަކުގެ ތެރެއިން މިހާރު މީުން ވަޅުލުމަށް އެއްވެސް ގޮތަކަށް ބޭނުންނުކުރާ ސަހަޜާތައް ސާފުކޮށް އެ ތަންތަނުގައި ޕާކިން ބިލްޑިންގ ތަށް އެޅުމަށް 27 އޯގަސްޓް 2027 ގައި އޮތް އެ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައެވެ.

އެނިންމުމާގުޅިގެން އެގޮތަށް އަމަލުކުރުމާމެދު އިސްލާމިކު މިނިސްޓަރީގެ ލަފާ އެކައުންސިލަށް ލިބިފައެވެއެވެ. އިސްލާމިކް މިނިސްޓަރީގެ ފަތުވާގައިވަނީ މާލެއާއި ރަށްރަށުގައި ދުވަސްވެ މިހާރު ބޭނުންނުކުރާ ގަބުރުސްތާނުތައް އިހުތިރާމާ އެކު ކޮނެ، އެ ތަންތަނުން ފެންނަ މިނިކަށިތައް އެހެން ގަބުރުސްތާނެއްގައި ވަޅުލުމަށްފަހު އެ ބިންތައް އާންމު މަސްލަހަތު ހިމެނޭ ކޮންމެ ކަމެއްގައި ބޭނުން ކުރެވިދާނެ ކަމަށެވެ.

މީގެ ކުރިންވެސް މި ނިންމުމުގެ ދަށުން މާލޭ ސިޓީ ކައުންސިލުންވަނީ މާފަންނު ސަހަރާގެ ބަޔަކާއި މައްޗަންގޮޅި ސަހަރާގެ ބައެއްގެ އިތުރުން ހެންވޭރު ސަޙަރާގެ ބައެއް ސަފުކޮށް އާއްމު ބޭނުންތަކަށް ބޭނުންކުރެވޭގޮތް ހަދާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ