logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖޭގެ އިތުރު 1000 ސިވިލް ސާވެންޓުން ތަމްރީނުކުރުމަށް އިންޑިއާއަށް ފޮނުވަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ އިތުރު 1000 ސިވިލް ސާވެންޓުން އިންޑިއާ އަށް ތަމްރީނަށް ފޮނުވާ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ތަމްރީނަކީ، ދިވެހި ސިވިލް ސާވެންޓުންގެ ހުނަރާއި ގާބިލުކަން އިތުރު ކުރުމަށް ސިވިލް ސާވީސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޑިއާގެ ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އިން ހިންގާ ތަމްރީނެކެވެ.

މި ތަމްރީނު ޕްރޮގްރާމަށް ދިވެހި ސިވިލް ސާވެންޓުން ފޮނުވުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޗާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަޔަޝަންކަރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.

ރޭ ފޮރިން މިނިސްޓަރީގައި ބޭއްވި ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ.

ފޮރިން މިނިސްޓްރީން ވަނީ މި އެއްބަސްވުމަކީ ސަރުކަރުގެ މުއައްސަސާތަކުގެ ހަރުދަނާކަމާއި ފެންވަރު މަތިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ